އައްޑޫ ސިޓީގެ ފޭދޫގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފިއެވެ.
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ދެ ސައިކަލްގައި ތިބި މީހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އެހެން ނަމަވެސް އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވެއެވެ.
މިއީ މިއަދު އައްޑޫ ސިޓީގައި ހިނގި ތިންވަނަ އެކްސިޑެންޓެވެ. މިއަދު މެންދުރު މަރަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވަނީ އިތުރު ފަރުވާއަށް މާލެ ގެންދެވިފައެވެ.