2016 ވަނަ އަހަރުގެ އައްޑޫ ސިޓީ ކައުންސިލްގެ އަހަރީ ރިޕޯޓް ބުނާ ގޮތުން އެކި ފަރާތްތަކަށް އެހީގެ ގޮތުގައި ކައުންސިލުން ވަނީ 1.4 މިލިއަން ރުފިޔާ ދީފައެވެ.
އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައި ވަނީ، ކުޅިވަރު ހަރަކާތްތަކަށް ކަން ފާހަގަކޮށްލެވެއެވެ. ތަފާތު އެކި ކުޅިވަރު މުބާރާތްތައް ބޭއްވުމަށާއި އަދި އެ މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކަށް ކައުންސިލުގެ ފަރާތުން 2016 ވަނަ އަހަރު ވަނީ، -/602885 ރ. (ހަ ލައްކަ ދެހާސް އަށް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ) ގެ އެހީ ފޯރުކޮށް ދީފައެވެ.
އެގޮތުން އެންމެ ބޮޑު އެހީއެއް ކައުންސިލުން ފޯރުކޮށް ދީފައި ވަނީ، ގޯދިއްޔާ ފުޓްސަލް މުބާރާތުގައި އެކި އަވަށްތަކުން ބައިވެރިވި ޓީމްތަކަށެވެ. އެ ޓީމުތަކަށް ޖުމްލަ -/236750 ރުފިޔާ ގެ އެހީ ދީފައިވާއިރު، މިނިވަން 50 ޗެމްޕިއަންޝިޕްގައި ވާދަކުރި ޓީމުތަކަށް -/214،776 ރުފިޔާ ކައުންސިލުގެ ބަޖެޓުން ވަނީ ދީފައެވެ.
2016 ވަނަ އަހަރު ކައުންސިލުން ފާސްކޮށްފައިވަނީ -/50،277،109 ( ފަންސާސް މިލިއަން ދުއިސައްތަ ހަތްދިހަ ހަތް ހާސް އެއް ސަތޭކަ ނުވަ ރުފިޔާ)ރުފިޔާގެ ބަޖެޓެކެވެ.
ކައުންސިލްގެ ބަޖެޓުގައ ހިމެނެނީ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ލިބިފައިވާ -/22،945،424 (ބާވީސް މިލިއަން ނުވަ ސަތޭކަ ސާޅީސް ފަސްހާސް ހަތަރު ސަތޭކަ ސައުވީސް ރުފިޔާ) އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ގްރާންޓް -/27،231،685 ( ހަތާވީސް މިލިއަން ދުއިސައްތަ ތިރީސް އެއް ހާސް ހަސަތޭކަ އަށްޑިހަ ފަސް ރުފިޔާ) އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުން 31 ޑިސެމްބަރ 2016 ގެ ނިޔަލަށް ކައުންސިލްގެ ޖުމްލަ ޚަރަދު ކަމަށް ލަފާކޮށްފައިވާ އަދަދަކީ، -/31،550،990(އެއް ތިރީސް މިލިއަން ފަސްސަތޭކަ ފަންސާސް ހާސް ނުވަސަތޭކަ ނުވަދިހަ ރުފިޔާ) އެވެ .
.