Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ސެން ފްރެންސިސްކޯ އަށް ޕްލާސްޓިކު ފުޅި މަނާ!

ތިމާވެށީގެ އެންމެ ބޮޑު ހަތުރު ކަމަށްވާ ޕްލާސްޓިކް ފުޅިއަށް އެމެރިކާގެ ސެން ފްރެންސިސްކޯ ނޫނެކޭ ބުނަން ތައްޔާރުވެއްޖެއެވެ.

އެމެރިކާގެ ސެން ފްރެންސިސްކޯ ވަނީ ޕްލާސްޓިކް ފުޅިތައް ވިއްކުން އެއްކޮށް މަނާކުރުމަށް ނިންމާފައެވެ. އަމާޒަކީ ތިމާވެށި ހަލާކު ކުރަމުންދާ ބިލިއަން ޑޮލަރުގެ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުމެވެ.

"ތިންކް އައުޓްސައިޑް ދަ ބޮޓްލް" ގެ ނަމުގައި ސެން ފްރެންސިސްކޯ އިން ފެށި މި ކެމްޕޭނުގެ ސަބަބުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ޕްލާސްޓިކް ފެންފުޅީގެ އަދަދު 21 އައުންސް ދަށް ކޮށް އޭގެ ބަދަލުގައި އަލުން ބޭނުންކުރެވޭ ބިއްލޫރި ފުޅި ބޭނުން ކުރުން ގިނަވެގެންދާނެއެވެ.

ސެން ފްރެންސިސްކޯގައި މިގަވާއިދަށް އަމަލު ކުރަން ފެށުމުން ޕްލާސްޓިކް ފުޅި ވިއްކާ ފަރާތްތަކުން 1000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ. ކޮމިޝަން އޮފް އެންވަޔަރޮމެންޓުގެ ޗެއާމަން ވިދާޅުވެފައިވަނީ 2020 ވަނަ އަހަރުގެ ކުރިން %80 ގައި އޮތް ކުނީގެ ނިސްބަތް މަދު ކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅަކަށް މި ކަން ވެގެންދާނެ ކަމަށެވެ.

ދިރާސާތައް ދައްކާ ގޮތުން ދުނިޔޭގައި ބޭނުންކުރާ ޕްލާސްޓިކް ފުޅިތަކުގެ ދެބައިކުޅަ އެއްބަޔަކީ އެންމެ ފަހަރަކު ބޭނުންކުރުމަށް ފަހު އެއްލާލެވޭ ފުޅިތަކެވެ. ކޮންމެ އަހަރަކު އެއްލާލެވޭ ޕްލާސްޓިކު ފުޅިން ދުނިޔޭގެ ހަތަރު ދުނިޔެ ފުރާލެވޭނެއެވެ. މީގެއިން ގިނަ އެއްޗެހި ކަނޑަށް އަޅައި މަސްތައް މަރުވުމުގެ މައިގަނޑު ސަބަބަކަށް ވަނީ ވެފައެވެ.