Last Updated: June 26, 20:28
Friday, June 26, 2026
ވިޔަފާރި

މެގަ މޯލްޑިވްސް އިން ދިއްލީ ދަތުރުތައް ހުއްޓާލަނީ

މެގަ މޯލްޑިވްސް އިން މިމަހު އިންޑިޔާއަށް ކުރުމަށް ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއް ކެންސެލްކޮށް ދިއްލީއަށް ދަތުރުކުރުން ހުއްޓާލައިފިއެވެ.

މެގަ އިން ބޭނުންވާ ވަރަށް ދިއްލީ ދަތުރުތަކަށް ރާއްޖެއިން ޑިމާންޑު ނުލިބުމުން ހަފްތާއަކު ތިން ފްލައިޓު ދަތުރުކުރި ޝެޑިއުލް ހުއްޓާލުމަށް މިހާރު ވަނީ ނިންމާފައެވެ.

އެއެއާލައިނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއިން ދިއްލީއަށް ދަތުރުކުރާ ބޯޓުގެ ކުލީގެ މުއްދަތު ހަމަވެފައިވާ ކަމަށާއި ބޯޓު އަނބުރާ ފޮނުވާލަން މިހާރު ވަނީ ޖެހިފައިކަމަށް އަންގާފައިވެއެވެ.

ޑިމާންޑު އަންދާޒާކުރި ވަރަށްވުރެ ދަށްވުމުން މެގަ އިން ވަނީ މާދަމާއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް ދަތުރުކުރުމަށް ޝެޑިއުލްކުރި ހުރިހާ ފްލައިޓެއް ކެންސަލްކޮށް، ފައިސާ ދެއްކި ފަރާތްތަކަށް ރީފަންޑު ދޭނެ ކަމަށް މެގައިން ވަނީ އިއުލާންކޮށްފައެވެ.