Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

އެތުލެޓިކޯ ބަލިކޮށް ރެއަލްއަށް ހިތްހަމަޖެހިލުމެއް

ލަލީގާ ސަންޓަންޑާގައި ރިއަލް މެޑްރިޑާއި އެތްލެޓިކޯ ބިލްބާއޯ ބައްދަލުކުރި މެޗު 1-2 އިން ރިއަލް ކާމިޔާބުކޮށްފިއެވެ.

ދެވަނައިގައި އޮތް ބާސާއާ ދެމެދު 5 ޕޮއިންޓުގެ ލީޑެއް ނަގާފައިވާއިރު ޒިނެދީން ޒިދާންގެ ޓީމު އަންނަނީ 2012 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ތަށި އުފުލާލުމުގެ ފޮނި އުއްމީދު ކުރަމުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު 25 ވަނަ މިނެޓުގައި ބެންޒީމާ ޖަހާފައިވަނިކޮށް ދެވަނަ ހާފުގެ ފުރަތަމަ 10 މިނެޓު ތެރޭ ބިލްބާއޯ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

ރިއަލްއަށް މޮޅުވީ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ތިން މިނެޓު ފަހުން ކަސެމީރޯއެވެ. ރިއަލްއަށް ދެން މިސީޒަނުގައި ރަށުން ބޭރުގައި ކުޅެން ޖެހެނީ ތާވަލުގެ ފުލުގައި ތިބި ޓީމުތަކާ ދެކޮޅަށެވެ.

ނަމަވެސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ ރިއަލްއަށް ޗެމްޕިއަންސް ލީގުގައި ކުރިއަށްދާ ވަރަކަށް މުހިއްމު މެޗުތަކާއި ކުރިމަތިލާން ޖެހޭނެއެވެ. ކުއާޓާގައި ރެއަލް ކުޅެން ޖެހެނީ ބެޔާން މިއުނިކްއާއި ދެކޮޅަށެވެ.