Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލައިފި

ގާބުރިއަކުން ޖަހާ ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 43 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ހުރަވީ ބިލްޑިންގާ ދިމާލަށް ވާ ގޮތަށް ހުރި ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ގާބުރިން ޖެހުމަށް ފަހު އެ މީހާ ވަނީ ފިލަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.