އިސްލާމީ މަރުކަޒު ހުންނަ ސަރަޙައްދުގައި ޖަހާ އާ މާބުލްގެ މަސައްކަތް ނިންމާލައިފި އެވެ.
އެގޮތުން އެސަރަޙައްދުގައި ޖަހާފައިވާ މާބުލްގެ ފޮޓޯތަކެއް ހިމެނޭ ގޮތަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ ޓްވީޓެއް ކޮށްފައެވެ.
Islamic Centre 'pattern area' rectified. pic.twitter.com/iUmROBNGoz
— Dr.Mohamed Muizzu (@MMuizzu) March 19, 2017
ފުރަތަމަ ފަހަރަށް އެސަރަޙައްދުގައި މާބުލް ޖަހާފައި ވަނީ މިދިޔަ އަހަރުގެ ރަމަޟާން މަހަށް، ޗައިނާގެ ސަރުކާރުގެ ހިލޭގެ އެހީގެ ދަށުން ކަމުގައިވިޔަސް، އެ މާބުލްތަކުގެ މަތީގައި ހުރި ބިއްލޫރި ފަށަލައިފައި ރެނދުލައި ވަނީ ފުޅިތޮށިތައް ނެއްޓިފައެވެ.
އެކަމާއި ބެހޭގޮތުން ހައުސިން މިނިސްޓަރު މީގެ ކުރިން ވިދާޅުވީ އިސްލާމީ މަރުކަޒު ސަރަޙައްދުގައި މާބުލް ޖެހުމުގެ މަސައްކަތް ކޮށްފައި ވަނީ އެމިނިސްޓްރީން ބޭނުންވި ފެންވަރަކަށް ނޫން ކަމަށެވެ.
ސަރުކާރުން ޚަރަދެއް ނުކޮށް، މާބުލް ޓައިލްސްތަކުގެ ޕެޓާން ހުރި ހިސާބު ނައްޓައި، އެތަނުގައި ޖަހަންޖެހޭ ފެންވަރުގެ ތަކެތި ފޮނުވާފައި ވަނީ ކުރިންވެސް ޓައިލް ސަޕްލައި ކުރި ފަރާތުން ކަމަށާއި، އެކަމަށް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ޖެހިފައި ނުވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.