Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

ވެލެންސިއާ ބަލިކޮށް ބާސާ އުއްމީދު އާކޮށްފި

ލީގާގައި ރޭ އެފްސީ ބާސެލޯނާ ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗު 2-4 އިން ކާމިޔާބުކޮށް ތަށި ހޯދުމުގެ އުއްމީދު އާކޮށްފިއެވެ.

ކޯނަރަކުން ވެލެންސިއާ މެޗުގެ ލީޑު ނަގާފައިވަނިކޮށް ލުއިސް ސުއަރޭޒް ވަނީ އޭނާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި 35 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ.

ފުރަތަމަ ހާފު ނިމެން ކައިރި ވެފައިވަނިކޮށް ވެލެންސިއާގެ މަންގަލާ ލުއިސް ސުއަރޭޒް އޭރިޔާ ތެރެއިން ވައްޓާލުމާއި ގުޅިގެން ރެފްރީ ވަނީ މަންގަލާއަށް ރަތް ކާޑު ދައްކައި ބާސާއަށް ޕެނަލްޓީދީފައެވެ. ސްޕޮޓުން މެސީ ގޯލު ޖަހާފައިވަނިކޮށް ވެލެންސިއާ އިން ވަނީ ހާފު ނިމުމުގެ ކުރިން ލީޑު ނަގާފައެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ މެސީ ވަނީ އޭނާގެ ދެވަނަ ގޯލާއެކު ބާސާއަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. އިތުރު ގޯލެއް ނުފެނި 90 މިނެޓު ހަމަވާން ކައިރިވެފައިވަނިކޮށް އަންދްރޭ ގޮމޭސްގެ ލަނޑަކާއެކު ބާސާ ވަނީ 4 ވަނަ ގޯލު ޖަހާފައެވެ.

މިމޮޅާއެކު ބާސާ ރިއަލްއާއި ދެޕޮއިންޓަށް ކައިރި ވެފައިވާއިރު ލުއިސް އެންރީކޭ އަދިވެސް މިސީޒަނުގެ ތަށްޓަށް ކުރާ އުއްމީދު ދޫކޮށްލާފައެއް ނުވެއެވެ.