މިނިވަން 50ގެ ހަރަކާތްތަކާއި ގުޅިގެން ބަލަމުންދާ މައްސަލައަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހޯމް މިނިސްޓްރީއަށް ވަދެއްޖެއެވެ.
މިނިވަން 50 ފާހަގަކުރުމަށް ބޮޑެތި ޚަރަދުތައް ކޮށް ކުލަގަދަ ރަސްމިއްޔާތުތައް ބާއްވާފައިވާއިރު ހޯމް މިނިސްޓްރީއިން ވަނީ ބައެއް ކަންތައްތަކުގައި އިސްނަގައި އިވެންޓުތައް ބާއްވާފައެވެ.
އޭސީސީ އިން ހޯމް މިނިސްޓްރީއަށް ވަދެފައިވަނީ މިއިވެންޓުތަކާއި ގުޅިގެން އެކޮމިޝަނުން ސާފުކުރަން ބޭނުންވެފައިވާ މައުލޫމާތު އޮޅުންފިލުވުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވިދާޅުވެފައިވަނީ މިނިވަން 50ގެ ވަރަށް ގިނަ ކޮރަޕްޝަނުގެ މައްސަލަ ބަލަމުންދާ ކަމަށާއި ހޯމް މިނިސްޓްރީ އަށް ވަދެފައިވަނީ ބަލަމުންދާ މައްސަލައަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކަމަށެވެ.