ދިގު މުއްދަތެއްގެ މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރު ރިލީޒްވި "އިންގްލިޝް ވިންގްލިޝް" އިން ސްކްރީނަށް އެނބުރި އައި ސްރީދޭވީ އަށް ހާއްސަކޮށްގެން ސްކްރިޕްޓެއް ލިޔަމުން އަންނަ ކަމަށް ސަދަން ސްްޕަސްޓާ ކަމަލް ހަސަން ބުނެފި އެވެ.
ހަސަން ބުނީ އޭނާ އަލަށް ލިޔަމުން އަންނަ ސްކްރިޕްޓަކީ އޭނާ އާއި ސްރީދޭވީ އެކުގައި ފެންނާނެ ކަހަލަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ލިޔާ ސްކްރިޕްޓެއް ކަމަށެވެ.
ބޮކްސް އޮފީހުގަަައި މިހާރު ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ވިޝްވަރޫޕަން" ގެ ޑައިރެކްޓަރު/އެކްޓަރު/ޕްރޮޑިއުސަރު ބުނީ ސްރީދޭވީ އާ އެކު އަލުން ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އެ ދެ ތަރިން އެންމެ ފަހުން އެކުގައި ފެނިފައި ވަނީ 1983 ވަނަ އަހަރުގެ ހިޓް ފިލްމް "ސަދްމާ" އިންނެވެ.
"އަހަރެން ލިޔަމުން އަންނަ ސްކްރިޕްޓާ ބެހޭ ގޮތުން ސްރީ އާ ވެސް ދާދި ފަހުން ބައްދަލުވެގެން ވާހަކަ ދައްކާފައި ވާނެ. އޭނާ ހުރީ ސްކްރިޕްޓް ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި،" ހަސަން ބުންޏެވެ. "މީގެ ކުރިން ވެސް އަހަރެން ދެ މީހުން އެކުގައި ފިލްމެެއް ކުޅެވޭތޯ ބެލިން. އެހެން ނަމަވެސް ސްރީ ބޮޑު ބްރޭކެއް ނެގުމުން އެކަން ކާމިޔާބްވާ ގޮތް ނުވެފައި އޮތީ. އެކަމަކު ސްރީ މިހާރު ވަނީ އެނބުރި ސްކްރީނަށް އައިސްފައި. އެހެންވެ ދެ މީހުންނަށް އެކުގައި މަސައްކަތް ކުރެވޭނެ ފުރުސަތު އެބަ އޮތް."