Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ސްވައިން ފްލޫ ޖެހިގެން ބިދޭސީއަކު މަރުވެއްޖެ

ރާއްޖޭގައި ފެތުރެމުން އަންނަ ސްވައިން ފްލޫ ޖެހިގެން ތިންވަނަ މީހަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ ހ.ދ ކުޅުދުއްފުށީގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މީހެކެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން މިއަދު ނެރުނު ތަފާސް ހިސާބުތަކުގައި އިތުރު މީހަކު ސްވައިން ފްލޫ ޖެހިގެން މަރުވެފައިވާކަން ހާމަކޮށްފައިވެއެވެ.

މިމީހާ އައިޖީއެމްއެޗްއަށް ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. ހުން ގަދަވެގެން މާލެއަށް ބިދޭސީ މީހާ ގެނައުމުން ހޮސްޕިޓަލުން ސްވައިން ފްލޫއަށް ޓެސްޓުކުރިއިރު އެމީހާ ވަނީ ޕޮސިޓިވްވެފައެވެ.

ސްވައިން ފްލޫއަށް އިއްޔެ ޓެސްޓު ކުރި 36 މީހުންގެ ތެރެއިން 24 މީހަކު ޕޮސިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.