ކުޑަކުދިންނަށް އަނިޔާކޮށްގެން މިދިޔަ ޖެނުއަރީ މަހު ޖެންޑާ މިނިސްޓްރީއަށް 105 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޖެންޑާ މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ޖެނުއަރީ މަހު އެ މިނިސްޓްރީއަށް 256 މައްސަލައެއް ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 105 މައްސަލައަކީ ކުޑަކުދިންނަށް އެކިކަހަލަ އަނިޔާތައް ލިބިގެން ހުށަހަޅާފައިވާ މައްސަލަތަކެވެ.
105 ކުއްޖަކަށް އަނިޔާ ކުރި މައްސަލަތައް ރިޕޯޓްކޮށްފައިވާއިރު އޭގެ ޖިންސީ އަނިޔާގެ 34 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް އަޅާނުލުމުގެ 21 މައްސަލައެއް ވެސް ފާއިތުވި ޖެނުއަރީ މަހުގެ ތެރޭގައި ހުށަހަޅާފައިވެ އެވެ.
ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 57 ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލަ އާއި 48 އަންހެން ކުއްޖެކަށް އަނިޔާކުރި މައްސަލައެކެވެ.
ޖެންޑަރ މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި ޖެނުއަރީ މަހު ގެވެށި އަނިޔާގެ 36 މައްސަލައެއް ހުށަހަޅާފައިވެ އެވެ.