Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

ޝްވެއިންސްޓެއިގާ ޔުނައިޓެޑް ދޫކޮށް އެމެރިކާ ލީގަށް

ޖަރުމަނު ވިލާތުގެ 32 އަހަރު މިޑްފީލްޑަރު ބަސްޓިއަން ޝްވެއިންސްޓެއިގާ ދެއަހަރަށްފަހު ޔުނައިޓެޑު ދޫކޮށް އެމެރިކާގެ މޭޖާ ސޮކާ ލީގުގެ ޗިކާގޯ ފަޔާއާއި ގުޅުމަށް ނިންމައިފިއެވެ.

ޔުނައިޓެޑުގެ މެނޭޖަރު ކަމާއި ޖޯސޭ މޮރީނިއޯ ހަވާލުވިފަހުން ޓީމުން ޝްވެއިންސްޓެއިގާ ވަނީ ބާކީ ކޮށްލާފައެވެ. ނަމަވެސް ޖެނުއަރީ ޓްރާންސްފާގައިވެސް އޭނާ ވަނީ ކުލަބު ދޫކޮށް ދިއުމަށް ދެކޮޅު ހަދާފައެވެ.

ޔޫރޮޕާ ލީގުގައި ސެއިންޓް އެޓިއެންއާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި ޝްވެއިނީ ފުރަތަމަ އެގާރައިގައި ހިމެނިފައިވާއިރު އޭނާ ވަނީ އެމެޗުގައި ގޯލެއްވެސް ޖަހާފައެވެ.

އެމެޗު ފަހުން އޭނާ މެޗެއް ކުޅެފައެއް ނުވެއެވެ. 2015 ވަނަ އަހަރުގެ ޖުލައި މަހު ޔުނައިޓެޑާއި ގުޅުނު ޝްވެއިންސްޓައިގާ އަކީ ފުޓުބޯޅައިގައި ލިބޭ އެންމެ ޝަރަފުވެރިވަނަތައް އޭނާ ކުޅުނު ޓީމުތަކަށް ހޯދާދީފައެވެ. އެގޮތުން ބެޔާންގައި ހުރެ ބުންޑެސްލީގާއާއި ޗެމްޕިއަންސް ލީގު ނަގާފައިވާއިރު ޖަރުމަނުވިލާތުން ނިމިގެން ދިޔަ ވޯލްޑް ކަޕް ކާމިޔާބުކުރުމުގައިވެސް ޝްވެއިނީ ވަނީ އެހީތެރިވެދީފައެވެ.