Last Updated: June 30, 11:56
Tuesday, June 30, 2026
ރިޕޯޓް

ކޮފީ ލަށް ފިލުވާނީ މިހެން، މީތި ކިޔާލަބަލަ!

1. ކްލަބް ސޯޑާ

ކަފަބުރެއް ބޭނުން ކޮށްގެން ކްލަބް ސޯޑާ ހާކާށެވެ. ލަށް ފިލަންދެން އެގޮތަށް ކުރިއަށް ގެންދާށެވެ.

2. ވިނެގާ

ވައިޓް ވިނެގާ އިން ފޯކޮށްފައިވާ ތުވާލި ކޮޅެއް ލަށް މަތީގައި ހާކާށެވެ. އެއަށްފަހު ލަށް ހުރި ހެދުން މެޝިނަށް ލުމަށްފަހު އާދައިގެ މަތިން ދޮވެލާށެވެ. ބޮޑު ފޮތިގަނޑެއްނަމަ، ¾ ވިނެގާ އާއި ¼ އައިސްފެން އެއްކޮށްފައި އެއް ރޭ ވަންދެން ފޮތިގަނޑު އެ ސޮލިއުޝަންގައި ފޯކުރާށެވެ. އެއަށްފަހު އާދައިގެ މަތިން ދޮވެލާސެވެ.

3. ބޭބީ ވައިޕްސް

ބޭބީ ވައިޕްސް އަކީ ކުޑަކުދިންނަށް ޚާއްސަކޮށް ހަދާފައި ހުންނަ ވެޓް ޓިޝޫ އެވެ. އޭގެ އެއް ޓިޝޫ ބޭނުންކޮށްގެން ލަށް މަތީގައި ހާކާށެވެ. އެގޮތަށް ކަންތައް ކުރުމުން ބޭބީ ވައިޕްގެ ތެރެއަށް ކޮފީ ދަމައިގެން ދިއުމުގެ އިތުރުން ލަށްވެސް ފިލައިގެން ދާނެއެވެ.

4. ބިހުގެ ގޮބޮޅި

އެއް ބިހުގެ ގޮބޮޅި (ރީނދޫ ބައި އެކަނި) ރަނގަޅަށް ގިރާލުމަށްފަހު، ތުވާލި ކޮޅެއް ބޭނުންކޮށްގެން ގޮބޮޅި ލަށް މަތީގައި ހާކާށެވެ. ގާތްގަނޑަކަށް އެއް މިނެޓް ވަންދެން މިގޮތަށް ކަންތައް ކުރުމަށްފަހު، ލަށް ފެނުން ދޮވެލާށެވެ.