Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޚިޔާލު ފާޅު ކުރަން ހުރަސް ނާޅާ: އެމްނެސްޓީ

ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

އެމްނެސްޓީ އިންޓަނޭޝަލުން ވަނީ ދިވެހި ފުލުހުން ހައްޔަރު ކޮށްފައިވާ ސޯޝަލް މީޑިޔާ އެކްޓިވިސްޓް، ތޮއްޔިބް ޝަހީމް މިނިވަން ކުރުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ.

ނޫސްވެރިންނާއި މީޑިޔާއަށް ބިރުދެއްކުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ފ އަތޮޅު ސައުދީންނަށް ވިއްކާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމުގެ އަޑު ފެތުރެން ފެށުމުން ސޯޝަލް މީޑިޔާ ގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންނަށާއި ސިޔާސީ އިދިކޮޅު ޕާޓީތަކަށް ބިރުދައްކާ މިންވަރު ވަނީ އިތުރުވެފައި ކަމަށް އެމްނެސްޓީއިން ނެރުނު ބަޔާނެއްގައިވެއެވެ.

ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި އެއްބަސްވެފައިވާ ހައްގުތަކަށް އަރައިގަތުމުގެ ހައްގެއް ދިވެހި ސަރުކާރަށް ނުވާ ކަމަށާއި އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހަމަހަމަ ގޮތެއްގައި ޖާގަ ދިނުމަށްވެސް މިބަޔާނުގައި ދިވެހި ސަރުކާރުގެ މައްޗަށް ގޮވާލާފައިވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން މިފަދަ ބަޔާނެއް ނެރެފައިވަނީ ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނޫސްވެރިން ޓެރަރިޒަމްއަށް މަސައްކަތްކުރާ ކަމަށާއި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވަނިކޮށެވެ.