ހިތަދޫ އައިސް ޑިލައިޓް ރެސްޓޯރެންޓު ކައިރިން އެކްސިޑެންޓެއް ހިނގައިފިއެވެ.
ކާރަކާއި ސައިކަލެއް ޖެހި ހިނގި މިއެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެފައި ވާއިރު އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިވަގުތު ދަނީ ފަރުވާ ދެމުންނެވެ.
ހިތަދޫ ހޮސްޕިޓަލުގެ ޑިރެކްޓަރު ޝާހު ސައީދު ވިދާޅުވި ގޮތުގައި އެކްސިޑެންޓްގައި އަނިޔާވެގެން ގެނައި މީހުންގެ ބޭރުފުށުން މާބޮޑު އަނިޔާތަކެއް ލިބިފައިނުވާ ކަމަށާއި އެހެން ނަމަވެސް އިތުރަށް ބަލަމުން ގެންދާ ކަމަށެވެ.
އެކްސިޑެންޓުގައި ކާރުގެ ފަހަތު ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ.
މަންޒަރު ދުށް ފަރާތަކުން 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ކާރުގައި ޖެހިގެން ކަމަށެވެ.
"ކުރީގައި އިން ކާރު މަޑުކުރީ ކުއްލިއަކަށް. އެވަގުތު ފަހަތުން އައި ސައިކަލު ކޮންޓްރޯލް ނުކުރެވި ގޮސް ކާރުގެ ފަހަތުގައި ޖެހުނީ."