ހިތަދޫގައި ފުލުހަކު ދުއްވާފައި ދިޔަ ފުލުހުންގެ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ހިތަދޫ ސިމްޕާޒް ފިހާރަ ކައިރިން ހިނގި މިއެކްސިޑެންޓްގައި ސައިކަލްގައި އެވަގުތު ތިބި ދެ ފުލުހުންނަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
އެހެން ނަމަވެސް މި އެކްސިޑެންޓްގައި ފުލުސް މީހާ ދުއްވާފައި ދިޔަ ސައިކަލަށާއި ކާރަށް ވަނީ ގެއްލުން ވެފައެވެ.
މި އެކްސިޑެންޓް ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަހުގީގް ކުރަމުންނެވެ.