ރައީސް އަބްދުﷲ ޔާމީން ވަނީ އަނިޔާވެރިކަމާއި ޚިޔާނާތުގައި ހައްދުފަހަނަޅާފައި ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޒާ ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިގޮތަށް ވިދާޅުވެފައި ވަނީ ވިލާ ގުރޫޕްގެ އެކައުންޓްތައް ފްރީކޮށް އެކަން މީރާއިން ވިލާ ގުރޫޕަށް އެންގި ހަބަރާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
"ޔާމީން އަބްދުލްޤައްޔޫމް ވަނީ އަނިޔާވެރިކަމާ ޚިޔާނާތުގައި ހައްދުފަހަނަޅާފައި، އިންޝާﷲ ހިޓްލަރ ބަލިކުރި ފަދައިން އެންމެން އެކުގައި ނިކުމެ ޔާމީން އަބްދުލް ޤައްޔޫމް ބަލިކުރެވޭނެ"
ސާކުގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ދިޔާނާ ވިދާޅުވެފައި ވަނީ، ދުނިޔެ ދުށް އެންމެ އަނިޔާވެރިޔާ މަޝްހޫރު އެޑޮލްފް ހިޓްލަރު ބަލިކުރި ފަދައިން ދިވެހި ހުރިހާ ރައްޔިތުން ނިކުމެ ރައީސް ޔާމީންވެސް ބަލިކުރެވޭނެކަމަށެވެ.
ދިޔާނާގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާއިރު، އެކަމަނާގެ ފިރިކަލުން އަބުދުﷲ ޖާބިރުގެ ޔޮޓް ޓުއާރސްގެ އެކައުންޓްތައްމީރާއިން ވަނީ ފްރީޒްކޮށްފައެވެ.