Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

ޕޮޑޮލްސްކީ ގައުމީ ޓީމުން ރިޓަޔާކޮށްފި

ޖަރުމަނު ވިލާތުގެ ގައުމީ ޓީމުން 13 އަހަރަށްފަހު ލޫކަސް ޕޮޑޮލްސްކީ ރިޓަޔާކޮށްފިއެވެ.

ރޭ އިނގިރޭސިންނާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ޕޮޑޮލްސްކީ އޭނާގެ ފަހު މެޗު ގައުމީ ޓީމަށް ކުޅެދީފައިވާއިރު މެޗުގައި އޭނާ ވަނީ ފުރިހަމަ ގޯލަކާއެކު ޖަރުމަނު ސަޕޯޓަރުންނަށް އޭނާގެ ވަކިވެދިއުމުން އިތުރަށް ރޮއްވާލާފައިވެއެވެ.

ޕޮޑޮލްސްކީގެ ފެއާވެލް މެޗުގައި އޭނާގެ ގޯލަކުން އިނގިރޭސިން ބަލިވުމުން މެޗު އިތުރަށް ޕޮޑޮލްސްކީއަށް ވަނީ ފުރިހަމަ ވެގެން ގޮސްފައެވެ.

ގައުމީ ޓީމަށް 31 އަހަރުގައި 130 މެޗު ކުޅެދީފައިވާއިރު ޕޮޑޮލްސްކީއަށްވުރެ ގިނަ މެޗު ޖަރުމަނު ވިލާތަށް ކުޅެދީފައިވަނީ 1990 ވަނަ އަހަރު ވޯލްޑްކަޕް ތަށި ހޯދި ކެޕްޓަން ލޮތާ މެތުސްއާއި އެންމެ ގިނަ ގޯލު ޖެހި މިރަސްލަވް ކްލޯސާއެވެ.

ޕޮޑޮލްސްކީ ބުނެފައިވަނީ މެޗުގެ ފަހުވަގުތު މޮޅުވި ލަނޑު އޭނާގެ ޖެހުމުން ހީވީ ފިލްމެއްގެ މަންޒަރެއް ފެނިގެން ދިޔައީހެންނެވެ. އޭނާގެ އޭރިއާ ބޭރުން ޖެހި ގޯލާއެކު މެޗު ބަލަން ތިބި 80،000 ޖަރުމަނު ސަޕޯޓަރުން ވަނީ ކޮޅަށް ދެތުވި ހިތްވަރު ދީފައެވެ.