Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ގައުމީ ޔުނިވާސިޓީގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށަނީ

އެމްއެންޔޫ ހިތަދޫ ކެމްޕަސް. އައްޑޫލައިވް ފޮޓޯ: ނަރީޝް މޫސާ

ގައުމީ ޔުނިވާސިޓީގެ ކިޔެވުން ބްރޭކަކަށް ފަހު އަންނަ އާދީއްތަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

ގައުމީ ޔުނިވާސިޓީއިން ވަނީ މިދިޔަ ހަފްތާގެ ކްލާސްތައް ރާއްޖޭގައި ފެތުރެމުންދިޔަ ސްވައިން ފްލޫގެ ނުރައްކަލުގެ ސަބަބުން ކެންސެލްކޮށްފައެވެ.

މިހަފްތާއަކީ ޔުނިވާސިޓީގެ މިޑް ޓާރމް ބްރޭކް ހަފްތާއެވެ. މިޑްޓާރމް ބްރޭކަށް ފަހު ކުރިންވެސް ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ތާރީޚު، 26 މާޗް ވާ އާދީއްތަ ދުވަހުގައި ކުރިއަށްގެންދާނެ ކަމަށް އެމްއެންޔޫ އިން ވަނީ މައުލޫމާތު ދީފައެވެ.

ގައުމީ ޔުނިވާސިޓީގެ ކިޔެވުން އަލުން ފެށުމަށް ނިންމާފައިވިނަމަވެސް ސްކޫލްތަކުގެ ކުދިންގެ ކިޔެވުން ފެށުމާއި މެދު އަދި މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ.