'ވޮންޑާ ވުމަން' ގެ އެކްޓްރެސް ގަލް ގަޑޯޓް އާއި އޭނާގެ ފިރިހެނުން ޔާރޮން ވަރްސާނޯ އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
މިއީ އެ ދެމަފިރިންނަށް ލިބުނު ދެވަނަ ދަރިފުޅެވެ.
ގަލް ގަޑޯޓް އަށް ލިބުނު ދެވަނަ ދަރިފުޅަށް ދީފައިވާ ނަމަކީ "މާޔާ" އެވެ.
ގަލް ވަނީ މާޔާ އުފަންފި ޚަބަރު އިއުލާންކޮށް އިންސްޓަގްރާމް ގައި ޕޯސްޓެއް ކޮށްފައެވެ. އެ ފޮޓޯ އިން ފެންނަނީ އެދެމަފިރިންގެ އުމުރުން ފަސް އަހަރުގެ ދަރިފުޅު އަލްމާ، އަލްމާގެ ކުޑަ އަންހެން ކޮއްކޮ އާއި ބައްދަލު ކުރަން ދާ މަންޒަރެވެ.
ގަލް ގަޑޯޓް ބަނޑުބޮޑު ކަމުގެ ޚަބަރު އެންމެ ފުރަތަމަ އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.