Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

"ހޫނު ފެނުގެ ވާހަކަ ދައްކަނީ ހޫނު ފެނުގައި ކެތްނުކުރެވިގެން"

އަންނަ ހޯމަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރ އިލްހާމް އަހްމަދު ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް އިންޒާރު ދެއްވާފައިވާތީ އެކަމަށް ކެންދޫ ދާއިރާގެ މެންބަރ އަލީ ހުސައިން ރައްދު ދެއްވައިފިއެވެ.

ޕީޕީއެމްގެ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވެފައި ވަނީ، މަސީހު އާއި ދެކޮޅަށް ވޯޓުލާނީ ހޫނު ފެނުގައި އަތްލާން ބޭނުންވާ ނަމަ ކަމަށެވެ.

އިލްހާމްގެ ވާހަކަތަކަށް ރައްދު ދެއްވައި އަލީ ހުސައިން ވިދާޅުވެފައި ވަނީ، އެހެން މެންބަރުން ހޫނު ފެނަށް ލާނެ ވާހަކަ އިލްހާމް ދައްކަވަނީ މިހާރު ވެސް ހޫނު ފެނުގައި ހުރެގެން ކަމަށެވެ.

"އެހެން މެމްބަރުން ހޫނު ފެނަށް ލާނެ ވާހަކަ އިލްހާމް އެ ބުނަނީ މިހާރު ވެސް ހޫނު ފެނުގައި ހުރެ ކެތްނުކުރެވިގެން. " އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވެފައި ވަނީ މެންބަރުންނަށް ބިރުދައްކަނީ އިލްހާމް އަމިއްލައަށް ބިރު ގަންނާތީ ކަމަށެވެ.