Last Updated: July 17, 11:13
Friday, July 17, 2026
ޚަބަރު

ދެ އިންޖީނު ފެއިލްވެ މާލޭގެ ބޮޑު ބައެއްގައި ކަރަންޓެއް ނެތް

މާލޭގެ ގިނަ ހިސާބުތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯ އިން ބުނެފައިވަނީ ކަރަންޓު ކެނޑުމަށް މެދުވެރިވެފައިވަނީ ދެ އިންޖީނެއް ފެއިލްވެ ލޯޑު ބޮޑު ވެގެންނެވެ.

ނަމަވެސް މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންޖީނުތައް ރަނގަޅު ކުރެވި ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.

ދާދިފަހުންވެސް މުޅި މާލެއިން ފެނާއި ކަރަންޓު ދިއުމުން ގަޑިއިރުތަކަކަށް މުޅި މާލެ ވަނީ ހުއްޓުމަކަށް އައިސްފައެވެ.