Last Updated: June 26, 20:28
Friday, June 26, 2026
ސިއްހަތު

ސްވައިން ފްލޫ ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފްލޫ ޖެހިގެން އަނެއްކާވެސް މީހަކު މަރުވެއްޖެއެވެ.

މިއީ މިބަލި ޖެހިގެން މަރުވި ހަތަރު ވަނަ މީހާއެވެ. އެޗްޕީއޭއިން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިތުރު މީހަކު ސްވައިން ފްލޫ ޖެހިގެން މަރުވެފައިވާއިރު ޕޮސިޓިވް ވި މީހުންގެ އަދަދުވެސް ވަނީ މަތިވެފައެވެ.

މިހާތަނަށް ޕޮސިޓީވް ވިމީހުންގެ އަދަދު މިހާރު ވަނީ 185 އަށް އަރާފައެވެ. ޓެސްޓް ކުރި މީހުންގެ އަދަދު ވަނީ 501 އަށް އަރާފައެވެ.

ސްވައިން ފްލޫ ފެތުރުމުގެ ސަބަބުން ސްކޫލް ބަންދުކުރުމަށްފަހު އަލުން މާދަމާ ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމާފައިވިނަމަވެސް މިއަދު އެޗްޕީއޭއިން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މާދަމާ ސްކޫލަށް ކުދިން ދިއުން އެއީ ރައްކާތެރި ނިންމުމެއް ކަމަށް ނުފެނެއެވެ.