Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

ފްލޫ ޖެހިގެން މާބަނޑު މީހަކު ނިޔާވެއްޖެ

ފޮޓޯ-މިހާރު

ސްވައިން ފްލޫ ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މާބަނޑު އަންހެނަކު ނިޔާވެއްޖެއެވެ.

ސްވައިން ފްލޫ އަށް ޕޮސިޓިވް މާބަނޑު އަންހެނަކު ނިޔާވެފައިވާކަން އައިޖީއެމްއެޗްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާބަނޑު މީހާ ނިޔާވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވެފައިވަނީ 29 އަހަރުގެ އަންހެނެކެވެ.

ސްވައިން ފްލޫއަށް ޝައްކުކުރެވިގެން ޑޮކްޓަރަށް ދެއްކުމުން ޓެސްޓު ހެދުމުން ސްވައިން ފްލޫއަށް ޕޮސިޓިވްވެ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން އަންހެން މީހާއަށް ދިޔައީ ފަރުވާ ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާ ނިޔާވެފައިވަނީ ބަނޑަށް 5 މަހުގައެވެ. މިއީ އެޗް1އެން1 ޖެހިގެން ރާއްޖެއިން ނިޔާވި 5 ވަނަ މީހާއެވެ.

ހަތަރު ދިވެހިންގެ އިތުރުން ބިދޭސީ މީހަކު ވަނީ މިބަލި ޖެހިގެން ނިޔާވެފައެވެ. އިއްޔެވެސް ސްވައިން ފްލޫ ޖެހިގެން މީހަކު މަރުވެފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ސްކޫލުތައް އަލުން ހުޅުވުމަށް ނިންމި ނިންމުމަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.