Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

މާލެތެރެ ހަލަބޮލި ނުކުރޭ، ހުއްޓުވާނަން: ފުލުހުން

މާދަމާ އޮންނަ މަޖްލިސްގެ ރައީސްގެ ވޯޓާއި ގުޅިގެން މާލެތެރެ ހަލަބޮލި ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ސިފައިން ބުނެފިއެވެ.

ވަރަށް ކުއްލި ގޮތަކަށް އިސްކަންދަރު ކޮށީގައި މިރޭ ގައުމީ ދިފާއީ ބާރާއި އެކު ފުލުހުން ބޭއްވި ނޫސް ކޮންފަރެންސްގައި ޗީފް ސްޕްރިޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ހަމަޖެހުމާއި ސުލްހަމަސަލަސްކަން ނަގާލައި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލުމުގެ ގޮތުން ހަމަނުޖެހުން ހިންގުމަށް ބައެއް ފަރާތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ހަމްދޫން ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މުދަލާއި ގޯތި ގެދޮރަށް ގެއްލުންދީ ހަމަނުޖެހުން އުފެއްދުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެކަމަށެވެ.