މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގައި މަޖްލިސްގެ ރައީސް މަސީހުއަށް ވޯޓު ނުދެއްވާނެކަމަށް ފާޅުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިރުވެތިވާންވީ މާތް ﷲގެ ހަޒްރަތަށް ކަމަށާއި، ގައުމުގެ މަސްލަހަތަށްޓަކައި މަޖްލިސްގައި ތިއްބެވި އޭނާގެ އަޚުން ކިބައިން އެދިވަޑައިގަންނަވާކަމަށެވެ.
އަމީތު އަކީ ފަހަކަށް އައިސް ރައީސް ޔާމީން އާއި ދެކޮޅަށް ވާހަކަ ދައްކަވަމުން އަންނަ މެމްބަރެކެވެ.
މާދަމާގެ ވޯޓާއި ވަގުތު ކައިރިވަމުން އަންނަ އިރު އަމީތުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ ވެސް ވަނީ މަސީހު އާއި ދެކޮޅަށް ވޯޓު ނުދެއްވާނެ ކަން ވަނީ އިއްލާން ކުރައްވާފައެވެ.