Last Updated: June 26, 19:20
Friday, June 26, 2026
ކުޅިވަރު

އިއްބެ ގައުމީ ޓީމުން ޖާގައެއް ކަށަވަރުކޮށްފި

އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާއި ދެކޮޅަށް ނިކުން ރާއްޖޭގެ ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ޓީސީ ސްޕޯޓްސް ކުލަބުގެ ޒުވާން ފޯވާޑް އިބްރާހިމް މަހުދީ(ހަބޭސް އިއްބެ) ޖާގަ ހޯދައިފިއެވެ.

އިއްބެގެ އިތުރުން ފައިނަލް ސްކޮޑުން ޖާގަ ހޯދި އާކުޅުންތެރިންގެ ތެރޭގައި ޓީސީގެ އައްޒާމާއި އިބްރާހިމްއާއި ގްރީން ސްޓްރީޓުގެ މުހައްމަދު ސާއިފްގެ އިތުރުން އީގަލްސްގެ ކީޕަރު މުހައްމަދު ޝަފީއު ހިމެނެއެވެ.

ފައިނަލް ސްކޮޑުން މިފަހަރު ބާކީވި ފަސް ކުޅުންތެރިންނަކީ ސްޓްރީޓްސްގެ މުހައްމަދު ނިޒާމް، މާޒިޔާގެ ގާސިމް ސައްމާމް (ސައްމެ)، ވެލެންސިއާގެ ކީޕަރު ހަސަން ތޮލާލް، އީގަލްސްގެ އަހްމަދު ޒާދު އަދި އެޓީމުގެ ރިހާމް އަބްދުލްގަނީ (ބޮބީ) އެވެ.

މިކުޅުންތެރިންގެ ތެރެއިން ޒާދު އަދި ސައްމާމް ވަނީ މީގެ ކުރިން ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ޖާގަ ހޯދާފައެވެ. ޒާދު ވަނީ 2015 ވަނަ އަހަރުގެ ކޮލިފައިންގައި ރާއްޖެ ޓީމު ގަތަރާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން ޖާގައެއް ހޯދާފައެވެ.

މިފަހަރުގެ ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ޖާގަ ހޯދި ކުޅުންތެރިންނަކީ؛

ގޯލްކީޕަރުން: މުހައްމަދު އިމްރާން (ވިކްޓަރީ)، މުހައްމަދު ފައިސަލް (ވެލެންސިއާ)، މުހައްމަދު ޝަފީއު (އީގަލްސް)

ޑިފެންޑަރުން: އަމްދާން އަލީ (މާޒިޔާ)، ސަމޫހު އަލީ (މާޒިޔާ)، މުހައްމަދު ރަޝީދު – ހޮކޭ (ނިއު)، އަހުމަދު އަބްދުﷲ – ލިލީ (ނިއު)، މުހައްމަދު ސާއިފް (ގްރީން ސްޓްރީޓްސް)، ހިސާމް ސަލީމް (ވެލެންސިއާ)، މުހައްމަދު އައްޒާމް (ޓީސީ)، ޝާފިއު އަހުމަދު (ވެލެންސިއާ).

މިޑްފީލްޑަރުން: އަސްހަދު އަލީ – އަޑުބަރޭ (މާޒިޔާ)، މުހައްމަދު އުމެއިރު (މާޒިޔާ)، ޔަސްފާދު ހަބީބް – މުލަކޭ (މާޒިޔާ)، އިމްރާން ނަޝީދު (އީގަލްސް)، އިބްރާހިމް ވަހީދު ހަސަން (ޓީސީ)، އިސްމާއިލް އީސާ – ވިކްޓަރީ.

ފޯވާޑުން: އަސަދުﷲ އަބްދުﷲ (މާޒިޔާ)، އަހުމަދު އިމާޒް – އާއްކޮ (މާޒިޔާ)، ނާއިޒް ހަސަން – ދާދު (ޓީސީ)، ހުސެއިން ނިޔާޒް މުހައްމަދު – ބޮކުރީ (މާޒިޔާ)، އިބްރާހިމް މަހުދީ – ޓީސީ، އަލީ ފާސިރު – ސެންޓޭ (ނިއު)، ހަމްޒާ މުހައްމަދު – ހަމްޕު (ނިއު).