މިއަދު ނެގުމަށް ތާވަލުކޮށްފައިއޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ގެނެސްދިނުމަށް މަޖިލިސް ކައިރިއަށް ގޮސްފައިވާ ހުރިހާ މީޑިޔާއެއްގެ ނޫސްވެރިން އެސަރަހައްދުން ބޭރުކޮށްލައިފިއެވެ.
ފުލުހުން ވަނީ ނޫސްވެރިން ބޭރުކުރުމަށްފަހު އެއްވެސް މީހަކަށް ނުވަދެވޭނެ ގޮތަށް ބެރިކޭޑު ޖަހައި ތަން ބަންދުކޮށްފައެވެ.
ރޭގައި ގައުމީ ސިފައިންނާއި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ގައުމީ ސަލާމަތް ހިމާޔަތްކުރުމަށް ބާރުގެ ބޭނުންވެސް ކުރާނެ ކަމަށެވެ. އަދި ބަޔަކު ދަނީ ހަމަނުޖެހުން އުފެއްދުމަށް ރާވަމުން ކަމަށާއި އެކަމަށް ފުރުސަތެއް ނުދެވޭނެ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފައިވެއެވެ.
ތަފްސީލު އަންނަނީ…