މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ބަހުސް ކުރާނެ އިތުރު މެމްބަރަކު ނެތުމުން ރިޔާސަތުން ބަހުސް ނިންމާލައިފިއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ބަހުސްގެ މަރުހަލާ ނިންމާލާފައިވަނީ ބަހުސްގައި ބައިވެރިވާން ހުށައެޅި މެމްބަރަކު ޖަލްސާގައި ނެތުމުންނެވެ.
މެންދުރު 1:30 އަށް ވޯޓު ނެގުމަށް ތާވަލުކޮށްފައިވާއިރު މިބަހުސްގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައެއް ނުވެއެވެ.
ގިނައަދަދެއްގެ ފުލުހުން މަޖިލިސް ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު އެސަރަހައްދު އެއްކޮށް ފުލުހުން ވަނީ ބަންދުކޮށްފައެވެ.

ދެފަރާތުންވެސް ވޯޓު ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އަރުވަމުންދާއިރު ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު، އަހުމަދު ނިހާން ހުސެއިންމަނިކު ވަނީ އަތް ނަގައިގެން ވޯޓު ނެގުމަށް ހުށައަޅާފައެވެ.