Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

މެލާނިއާ ފަންޑް ހޯދަން، ޓްރަމްޕް ގޯލްފް ކުޅެން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ފަނޑްރެއިސާއަކަށް ފޮނުވާފައި އޭނާގެ ގޯލްފް ކުލަބުގައި ޓީވީ ބެލުމުގައި މަޝްޣޫލުވާ މަންޒަރު އާންމުވެއްޖެއެވެ.

ސިޔާސީ މައިދާނާއި ވަރަށް ދުރުގައި އުޅުއްވާ މެލާނިއާ ވަނީ ރިޕަބްލިކަންގެ ފަންޑްރެއިސާއެއް ޝަރަފްވެރިކޮށްދެއްވުމަށް ޕާމް ބީޗަށް ގޮސްފައެވެ.

ނަމަވެސް ފިރިކަލުން ޑޮނަލްޑް ޓްރަމްޕު ހަފްތާ ބަންދު ހޭދަކުރެއްވީ އޭނާގެ ގޯލްފް ކްލަބުގައެވެ.

މެލޭނިއާ ބައިވެރިވި މި ފަންޑްރެއިސާއިން 3 ލައްކަ ޑޮލަރު ހޯދި ކަމަށް އެމެރިކާ ނޫހަކާއި ހަވާލާދީ ޑެއިލީމެއިލްއިން ރިޕޯޓުކޮށްފައިވެއެވެ.

މިހަފްލާގައި 700 ޓިކެޓު ވަނީ އެންމެ މަދުވެގެން 300 ޑޮލަރަށް ވިއްކާފައެވެ. އަދި ޕާމް ބީޗް ކައުންޓީގެ ޗެއާމަން 150،000 ޑޮލަރު ހޭދަކުރިކަމަށް ޚަބަރު ލިބިފައިވެއެވެ.

ރިޕަބްލިކަން ޕާޓީގެ އިސްވެރިން ބައިވެރިވި މިހަފްލާގައި މެލާނިއާ ބައިވެރިވެވަޑައިގަތީ ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ. ހަފްލާ ފައްޓަވާދެއްވައި، ޝަރަފުވެރިކޮށްދެއްވުމަށްފަހު މެލޭނިއާ އެތަން ވަނީ އެތަން ދޫކޮށް ވަޑައިގެންފައެވެ.

ނަމަވެސް އެމެރިކާގެ ގިނަ މީހުންގެ ޓުވިޓާ ހުސްކޮށްފައިވަނީ އަނބިކަނބަލުން ފައިސާ ހޯއްދެވުމަށް މަސައްކަތް ކުރާއިރު ފިރިކަލުން ގޯލްފް ކުލަބުގައި އަރާމުކުރައްވަން އުޅޭ ވާހަކަ ޓުވީޓު ކުރުމުގަ އެވެ.