ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ސްވައިން ފްލޫ އާއި ގުޅިގެން މިދިޔަ ހަފްތާގައި ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު ކުރުމަށްފަހު މިހަފްތާގައި ސްކޫލް ބަންދު ކުރަންޖެހޭ ވަރުގެ ހާލަތެއް ނެތްކަމަށް ބުނެ ސްކޫލްތައް ހުޅުވި ނަމަވެސް ކުރިއަށް އޮތް ތިން ދުވަހަށް އަނެއްކާވެސް ސްކޫލްތައް ބަންދު ކުރަން ނިންމައިފިއެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ސްވައިން ފްލޫ ހަލުވި ކަމާއި އެކު ފެތުރެމުންދާތީ ސްކޫލްތައް ކުރިއަށް އޮތް ތިން ދުވަހަށް ބަންދުކުރުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.
ތަފްސީލް އަންނަނީ…