Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

މަސީހުގެ ވޯޓަށް އަހާފައި ވަނިކޮށް މަޖްލިސް މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ވަކިވަކިން އަހަން ނިންމުމަށްފަހު މަޖްލިސް ހޫނުވެ، މަޖްލިސް މެދު ކަނޑާލައިފިއެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަޖްލިސް ފްލޯއަށް މެމްބަރުން ވަދެ ވަޑައިގަތުމާއި އެކު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާން ވަނީ މެންބަރުންނާ ވަކިން ސުވާލުކޮށްގެން ވޯޓަށް އެހުމަށް ހުށަހަޅާފައެވެ. އެ ހުށަހެޅުމަށް ތާއިދުކޮށް ވޯޓިލުލާފައިވަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް މެދުވެރިކޮށެވެ. މި ވޯޓު ފާސްވީ 45 ވޯޓު ލިބިގެންނެވެ. ދެކޮޅަށް ދެ މެންބަރަކު ވޯޓު ދެއްވި އިރު ވޯޓު ނުދެއްވާ 1 މެންބަރަކު އިންނެވިއެވެ.

އެގޮތަށް ފާސްވުމާއި ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ މަޖްލިސް ހިންގަމުން ގެންދަނީ ގާނޫނާއި ހިލާފަށްކަމަށް ވިދާޅުވެ މަޖްލިސް ތެރެ ހަލަބޮލިކޮށްލާފައެވެ.

ތަފްސީލް އަންނަނީ…