ހަލުވިކަމާއެކު ފެތުރެމުންދާ ސްވައިން ފްލޫ ޖެހިގެން އަނެއްކާވެސް މީހަކު މަރުވެއްޖެއެވެ.
އައިޖީއެމްއެޗާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުން މަރުވެފައިވަނީ 80 އަހަރުގެ ފިރިހެނެކެވެ. ރ.އުނގޫފާރު މީހާ މިދިޔަ ބުރާސްފަތި ދުވަހު ނިޔާވެފައިވާއިރު ހެދި ޓެސްޓުތަކުގެ ނަތީޖާ ލިބުނުއިރު އެމީހާ ވަނީ ސްވައިން ފްލޫ އަށް ޕޮސިޓިވް ވެފައެވެ.
އެމީހާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ކަށީގައި ރެނދުލުމުގެ ސަބަބުންނެވެ. ކަށީގެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ އެމީހާ ސްވައިން ފްލޫ ޖެހިގެން ނިޔާވެފައިވާއިރު ބަލީގެ ނުރައްކާތެރިކަން ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.
މިއީ މިބަލި ޖެހިގެން ރާއްޖެއިން މަރުވި 6 ވަނަ މީހާއެވެ. މާބަނޑު މީހަކު އިއްޔެ ވަނީ ބަލީގެ ޝިކާރައިގައި ދުނިޔެ ދޫކޮށްފައެވެ.
ސްވައިން ފްލޫ ހަލުވިކަމާއެކު ފެތުރެމުންދާތީ ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ތިން ދުވަހަށް ސްކޫލްތައް ބަންދުކުރުމަށް ނިންމާފައެވެ.