Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

ހިތަދޫގައި އެކްސިޑެންޓެއް ހިނގައިފި

ހިތަދޫ އިސްލާމިކް ބޭންކު ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކަށް އަނިޔާވެއްޖެއެވެ.

އެކްސިޑެންޓުގައި އަނިޔާވި ދެޒުވާނުންވެސް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަަށް ވަނީ ގެންދެވިފައެވެ.

މަންޒަރު ދުށް މީހަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓް ހިނގީ އިސްލާމިކް ބޭންކު ހުންނަ ގޯޅި ތެރެއަށް ކާރު އަޅަން އުޅުމުގެ ތެރޭގައި ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށެވެ. މި ހާދިސާގައި ސައިކަލަށާއި ކާރަށް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ.

މި ހާދިސާގައި އަނިޔާވެގެން ފަރުވާދޭން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ސައިކަލްގައި ތިބި ދެ ޒުވާނުންނެވެ. އެމީހުންގެ ބޭރުފުށުން މާ ބޮޑު ޒަހަމެއް ފެންނަން ނެތްކަމަށް މަންޒަރު ދުށް ފަރާތުން ބުންޏެވެ.

މި ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ގޮސް ދެ ފަރާތް ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް ވަނީ އެދިފައެވެ.