Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެއްޖެ

ފޮޓޯ-ސޯޝަލް މީޑިޔާ

ކޯޓު އަމުރެއްގެ ދަށުން އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެއްޖެއެވެ.

ހ.ސަރާސާގައި ހުންނަ އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެ އެތަނުގައި ބޭނުންކުރާ އަޑުގަދަކުރާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކޯޓު އަމުރުގައި އަޑުގަދަކުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަރުގެ ބަލާފާސް ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެއެވެ. ފުލުހުން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެމްޑީޕީގެ ހަރުގެތަކަށް ކޯޓު އަމުރެއްގެ ދަށުން ވަދެފައެވެ.

ކޮންމެ ފަހަރަކުވެސް ކެމްޕޭނުކުރުމަށް ބޭނުން ކުރާ ސާމާނާއި ފޮތި ރޯލު ފަދަ ތަކެތި ގެންގޮސްފައިވާއިރު މިފަހަރު ގެންގޮސްފައިވަނީ ޕާޓީ އިން ބަހައްޓާފައިވާ ސްޕީކަރު ސިސްޓަމްތަކެވެ.