މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ފާޅުގައި މަސީހަށް ނޫނެކޭ ބުނި ޕީޕީއެމް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޕީޕީއެމް ޕީޖީ ގްރޫޕުން ވަކިކޮށްފިއެވެ.
އަމީތު ޕީޕީއެމް ޕީޖީ ގްރޫޕުން ވަކި ކޮށްފައިވަނީ މިއަދު އިދިކޮޅު މެމްބަރުން މަޖްލިސްއިން ބޭރު ކުރުމަށްފަހު ބޭއްވި ވޯޓަށްފަހު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައެވެ.
އަމީތު ރޭ މަސީހުއަށް ވޯޓު ނުދެއްވާނެކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވުމާއި ގުޅިގެން ޕީޕީއެމް ޕީޖީ ވައިބަރ ގްރޫޕުން ބޭރުކޮށް އެހެނިހެން ޕީޕީއެމްގެ ވައިބަރ ގްރޫޕުތަކުންވެސް ވަނީ ބޭރުކޮށްލާފައެވެ.
އަމީތު މިއަދު މަޖްލިސް ތެރެއިން ފެނިފައިވަނީ މަސީހް އާއި ދެކޮޅަށް ވޯޓު ނެގުމަށް މަސައްކަތް ކުރައްވަމުން ގެންދެވި އިދިކޮޅު މެމްބަރުންނާއިއެކުއެވެ.
އަމީތު ގެންދަވަނީ ޕީޕީއެމް ޔާމީން ފެކްޝަނަށް ފާޑު ވިދާޅުވަމުންނެވެ.