ސަރުކާރު ބަލިވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމަށް ފާސްވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެގޮތުން އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ މަސީހުގެ އިތުބާރު ނެތްކަން ކަށަވަރު ވެއްޖެ ކަމަށާއި، ދެން ރައްޔިތުން ޙުކުމް އިއްވަން ވީ ކަމަށެވެ.
Miadhu sarukaaru bali vehjje. Maseeh ge ithubaaru neiy kan kashavaru vehjje. Dhen rayyithun hukum ivvan vee.
— Mohamed Jameel Ahmed (@MJameelAhmed) March 27, 2017
//platform.twitter.com/widgets.js
ރައްޔިތުންގެ މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ރަނގަޅު އިރު، އަނގަބަހުން ވޯޓް ނަގައިގެން މަސީހު ވަކިކުރުމުގެ ވޯޓް ނެގުމަށް ސަރުކާރަށް ތާޢީދު ކުރާ މެމްބަރުން ހުށައަޅައި ފާސްކޮށްގެން ވޯޓަށް އެހުމާއި ގުޅިގެން ޖަމީލް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސީހާއި ދެކޮޅަށް ހުށައެޅި މައްސަލަ ކާމިޔާބު ކުރާނެކަން ސަރުކާރަށް ކަށަވަރު ވެފައިވާ ކަމަށާއި، ދެން ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާޢީދު ކުރާ ރައީސަކު ނުހުންނަވާނެ ކަމަށެވެ.
އެހެންނަމަވެސް، އިދިކޮޅު މެމްބަރު މެމްބަރުން ގެންދަވަނީ އެގޮތަށް ވޯޓް ނަގަން ފުރުސަތު ނުދޭނެ ކަމަށް ބުނެ މަޖިލީހުގައި އަޑުގަދަ ކުރައްވަމުންނެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ ޖަލްސާ ވަނީ މިއަދު މެދުކަނޑާލާފައެވެ.