Last Updated: June 25, 18:03
Thursday, June 25, 2026
ސިޔާސީ

ދެ ގަޑިއިރަށް ފަހު ރިޔާޒު ދޫކޮށްލައިފި

މިރޭ ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ދެގަޑިއިރެއްހައިރު ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު ދޫކޮށްލައިފިއެވެ.

ކޯޓު އަމުރެއްްގެ ދަށުން ފުލުހުން އަބްދުﷲ ރިޔާޒް ހައްޔަރު ކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ ޖުމްހުރީ ޕާޓީގެ ޖަގަހަ ކުނޫޒަށް ވަޑައިގަތުމަށް މާވެޔޮމަގުން ހިންގަވާފައި ދަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުންގެ ބަންދުން ރިޔާޒު ދޫކޮށްލެއްވުމުން މިވަގުތު ރިޔާޒު ހުންނެވި ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައެވެ.

އަބްދުﷲ ރިޔާޒު ހައްޔަރު ކުރީ ކޮން ސަބަބަކާއި ގުޅިގެން ކަން އަދި ސާފެއް ނުވެއެވެ.