Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހާޒިރުވާނަން، ޖަވާބުދާރީ ވެސް ވާނަން: އަމީތު

ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހާޒިރުވުމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަމީތު އަށް ޗިޓް ފޮނުވައިފިއެވެ.

ސުލޫކީ ކޮމެޓީއަށް ހާޒިރުވުމަށް ޗިޓް ފޮނުވުމާއި ގުޅިގެން އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ވޯޓުގައި މަސީހު އާއި ދެކޮޅަށް ވޯޓު ލައްވާނެ ކަން ފާޅުގައި ވިދާޅުވެފައެވެ. އަދި އިއްޔެ އެ ވޯޓަށް އެހި ވަގުތު އަމީތުވެސް ވަނީ މަޖިލީހުގެ ޗެމްބަރު ދޫކުރައްވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއެކު ބޭރަށް ނިކުމެވަޑައިގެންފަ އެވެ.

އަމީތު ސުލޫކީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވާއިރު، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން ވަނީ އަމީތު ޕާޓީން ބޭރުކޮށްލައްވާނެ ކަމަށް ވިދާޅުވެފައެވެ.