Last Updated: June 25, 18:03
Thursday, June 25, 2026
ސިޔާސީ

މަސީހުގެ ވޯޓް ދިޔަ ގޮތާ މެދު ކަންބޮޑުވޭ: އެމެރިކާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމަށް ނެގުނު ވޯޓު ކުރިއަށް ދިޔަ ގޮތާއި މެދު ކަންބޮޑުވާކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.

ލަންކާގައި ހުންނަ އެމެރިކާ އެމްބަސީއިން ނެރެފައިވާ ބަޔާނެއްގައި ބުނީ މަޖިލީހުގައި އިންސާފުވެރި މިނިވަން ވޯޓަކަށް ހުރަސް އަޅާފައިވާތީ ކަންބޮޑުވާ ކަމަށެވެ.

އޭގެ އިތުރުން ޑިމޮކްރަޓިކް ނިޒާމުގެ މައްޗަށް އިތުބާރު ގާއިމު ކުރުމަށް މަޖިލީހުގެ ނިޒާމު މިނިވަންކޮށް ހިނގާނެ ޖާގަ ދިނުމަށާއި، މިނިވަން އިންސާފުވެރި ކައުންސިލު އިންތިހާބަކަށް ފުރުސަތު ދިނުމަށާއި، ނޫސްވެރިކަމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަންކަމައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދާ ދިނުމަށް އެމެރިކާއިން ގޮވާލާފައިވެއެވެ.

ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތައް ނުވައްދައި އިއްޔެ ކުރިއަށް ގެންދިޔަ ޖަލްސާގެ ލައިވް ފީޑްވެސްވެސް ވަނީ ކަނޑާލާފައެވެ.

މަޖްލިސް ތެރެއަށް ސިފައިން ވައްދައިގެން އިދިކޮޅު މެމްބަރުން މަޖްލިސްގެ ތަޅުމުން ބޭރުކޮށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ރޯލް ކޯލް ވޯޓު ނުވަތަ ވަކި މެންބަރުންނާއި ސުވާލުކޮށް ވޯޓު ނަގައިގެންނެވެ.

މަސީހު މަޖްލިސްގެ ރައިސްކަމުގައި ހުންނެވުމަށް 48 މެމްބަރަކު ވޯޓު ދެއްވިއިރު މި ވޯޓަކީ ސައްހަ ވޯޓެއް ނޫންކަމަށް މަދަނީ ޖަމިއއްޔާތަކާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ.