Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ރާއްޖެޓީވީ ވިސާމަށް މި ފަހަރު ކުށް ސާބިތެއް ނުވި

ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް -- ފޮޓޯ: ރާއްޖެއެމްވީ

ރާއްޖެ ޓީވީގެ ޒުވާން ހިތްވަރުގަދަ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއަދުގެ ޝަރީއަތުގައި ވިސާމްގެ މައްޗަށް ކުށް ސާބިތު ނުވީ ދައުލަތުން އޭނާ އާއި ދެކޮޅަށް ހުށަހެޅި ވީޑިއޯ ފޫޓޭޖްގެ ސައްޚަ ނޫންކަމަށް ނިންމައިގެންނެވެ.

ވިސާމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގައި ބަޔަކު ކުރި މުޒާހަރާ ގައި ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުން މީހަކު ހައްޔަރުކުރުމުން އެ މީހާ ހައްޔަރު ކުރި ސަބަބުން ހޯދުމަށް ކަމަށް ބުނެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާ މައްސަލާގައެވެ.

ވިސާމް އާއި ދެކޮޅަށް ދެ ފުލުހަކު ހެކިބަސް ދީފައިވަނީ ވީޑިއޯ ފުޓޭޖާއިއެކުއެވެ. ވިސާމް ވަނީ ދައުވާއަށް އިންކާރުކޮށް ހަތަރު މީހެއްގެ ހެކިބަސް ހުށަހަޅާފައެވެ.

"ޒަމީރު ގަބޫލް ނުކުރާ، ދުނިޔެ ބަލައިނުގަންނަ ހުކުމަކުން ޖަލަށް ލިޔަސް ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެކަމަށެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވީވެސް މިނިވަނެއްގެ ގޮތުގައި ކަމަށާއި، އެމިނިވަންކަން ނިގުޅައިގަތުމަށް އިލާހީ ގާނޫނަށް ގޮންޖަހައި ތިހެން ކުރާ ހުކުމަކުން އަޅުގަނޑުމެންނެއް ބިރުން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ"