Last Updated: June 25, 18:03
Thursday, June 25, 2026
ސިޔާސީ

އަމީތު ޕީޕީއެމުން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ފާޅުގައި ނޫނެކޭ ބުނި މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު އަމީތު އެ ޕާޓީން ވަކިކޮށްފިއެވެ.

އަމީތު ވަކިކޮށްފައިވަނީ އެޕާޓީގެ ސްލޫކީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން މައްސަލަ ބެއްލެވި ކޮމެޓީގެ ފަސް މެމްބަރުންގެ އިއްތިފާގުންނެވެ. އަމީތު ޕީޕީއެމްއިން ވަކި ކުރުމަށް ނިންމިއިރު އޭނާ އާއި ދެކޮޅަށް ފަސް މައްސަލައެއް އެ ކޮމެޓީއަށް ވަނީ ހުށަހަޅާފައެވެ.

އަމީތު ވަނީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ ހައިސިއްޔަތާއި މެދު ސުވާލު އުފައްދަވާފައެވެ. އަދި އޭނާ ޕާޓީން ވަކިކޮށްފިނަމަ އެމައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަމީތު ޕީޕީއެމްއިން ވަކި ކުރިއިރު ރޭ އެޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ ޕާޓީން ވަކިކޮށްފައެވެ.