ސުވަދީވް ކެފޭ އާއި ދިމާލުން ލިންކު ރޯޑުގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެ ފަރުވާ ދެމުން ދަނީ ސ. ފޭދޫއަށް ނިސްބަތްވާ ޒުވާނަކަށެވެ. މި ހާދިސާގައި ދެން އަނިޔާވެފައިވާ ދެމަފިރިއަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ގެންދަވަނީ ތަހްގީގު ކުރަމުންނެވެ.