ބޭރުގެ ޔުނިވަސިޓީތަކާ ގުޅިގެން ރާއްޖޭގައި އެޑިއުކޭޝަން ފެއާތައް ބާއްވަމުން އަންނަ ގްލޯނެޓުން މިއަހަރު ބާއްވާ ފުރަތަމަ "ޔުނިވަސިޓީ އެޑިއުކޭޝަން ފެއާ" މި މަހުގެ 24 ވަނަ ދުވަހު އައްޑޫގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.
ގްލޯނެޓުން ބުނީ އައްޑޫގައި ފެެއާ އޮންނާނީ 24 ވަނަ ދުވަހު ހަވީރު 3:00 އިން 6:00 އަށް ހިތަދޫ އައްޑޫ ހައި ސްކޫލްގައި ކަމަށެވެ.
މި ފެއާގައި ބޭރުގެ ހަ ޔުނިވަސިޓީއަކުން ބައިވެރިވާ ކަމަށް ގްލޯނެޓްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނަސީމް އަހުމަދު ވިދާޅުވި އެވެ. މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަަކަށް އަމާޒުކޮށްގެން ބާއްވާ ފެއާ އަށް މީގެ ކުރިން ވެސް އައްޑޫން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ 24 ވަނަ ދުވަހު ހަވީރު ފެއާ ބޭއްވުމުގެ ކުރިން، އެ ދުވަހު ހެނދުނު ދަރިވަރުންނަށް އަމާޒުކޮށްގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެެއް ވެސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަސީމް ވިދާޅުވީ ފެއާ އައްޑޫގެ އިތުރުން މާލެ އާއި ފުވައްމުލަކާއި ހދ. ކުޅުދުއްފުށީގައި ވެސް ބާއްވާނެ ކަމަށެވެ.
ގްލޯނެޓްގެ ދެވަނަ ފެއާ އޮންނާނީ އޮގަސްޓްގަ އެވެ. އެ ފެއާ އަމާޒު ކުރާނީ އެހެން އަތޮޅުތަކަށް ކަމަށް ނަސީމް ވިދާޅުވި އެވެ.