Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

ރަޝިޔާއިން ސީރިޔާއަށް ބޮން އަޅަނީ އިރާނުގެ އެހީއާ އެކު

ސީރިޔާއަށް ބޮން އެޅުމަށްޓަކައި އިރާނުން ރަޝިޔާއަށް އެގައުމުގެ އަސްކަރީ ބޭސްތައް ބޭނުންކުރުމުގެ ހުއްދަދީފިއެވެ.

ސީރިޔާގައި އިސްލާމިކް ސްޓޭޓުގެ ނަމުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތާއި ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައަށް އިރާނުން ވަނީ މިހާރު އެއްބާރުލުން ދޭން ފަށާފައެވެ.

ޑްރޯން ސްޓްރައިކާއި ބޮމުގެ ހަމަލާ އަދި ވައިޓް ފޮސްފަރަސްފަދަ ލާއިންސާނީ ޖަރީމާތަކުގެ ޝިކާރައަކަށް ވެފައިވަނީ ގިނައިން އާންމު ރައްޔިތުންނެވެ.

އަންހެނުންނާއި ކުޑަކުދިންގެ އެތައް މިލިއަން ބަޔަކު ވަނީ އިސްލާމިކް ސްޓޭޓާއި އެފަދަ އެހެން ހަނގުރާމަވެރި ޖަމާއަތްތަކާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ޝިކާރައަކަށް ވެފައެވެ.

ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިން ސަލާމަތްވުމަށް އެތައް މިލިޔަން ބަޔަކު ވަނީ ގެދޮރާއި އަމިއްލަ ވަޒަން ދޫކޮށް އެހެނިހެން ގައުމުތަކަށް ހިޖުރަ ކުރަން ފަށާފައެވެ. އެމެރިކާގެ އާ ރައީސް، ޑޮނަލްޑް ޓްރަމްޕު ވަނީ އެމެރިކާއިން ރެފިއުޖީންނަށް ހުޅުވާލި ދޮރު އޭނާ ރައީސް ކަމާއި ހަވާލުވިފަހުން ބަންދުކޮށްލާފައެވެ.