Last Updated: June 26, 17:59
Friday, June 26, 2026
ސިޔާސީ

އެމެރިކާ އެމްބެސެޑަރަށް މައުމޫންގެ ޝުކުރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ގޮތާއިމެދު ހިތްހަމަނުޖެހި ކަންބޮޑުވުން ފާޅުކޮށް އެމެރިކާ އެމްބަސީއިން ނެރުނު ނޫސްބަޔާނުގެ ސަބަބުން ރައީސް މައުމޫން އެމްބެސެޑަރު، އަތުލް ކަޝްޔަޕް އަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ދަނޑިވަޅެއްގައި ދިވެހި ގައުމަށްޓަކައި ނެރުނު ނޫސްބަޔާނުގެ ސަބަބުން އެމަނިކުފާނު އިންތިހާއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އެމެރިކާ އެމްބަސީ އިން ނެރުނު ނޫސްބަޔާނުގައި މިނިވަން ވޯޓެއް ނެގުމަށް ހުރަސްއެޅުނު ކަމާށާއި ވޯޓު އިންސާފުވެރިކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުނެފައިވާއިރު ސަރުކާރުން ވަނީ ނެގުނު ވޯޓަކީ އިންސާފުވެރި، ދެފުށް ފެންނަ ޑިމޮކްރެޓިކް ވޯޓެއް ކަމަށް ވިދާޅުވެ އެމެރިކާއަށް ރައްދު ދީފައެވެ.