Last Updated: June 26, 17:59
Friday, June 26, 2026
ކުޅިވަރު

ކެންސެލޯގެ ބައި ގޯލާއެކު ޕޯޗްގަލް ބަލިވެއްޖެ

ޕޯޗުގަލްއާއި ސްވިޑެން ބައްދަލު ކުރި އެކުވެރިކަމުގެ މެޗު 2-3 އިން ސްވިޑެން ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ޕޯޗުގަލް ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހާފައިވަނިކޮށް ޕޯޗުގަލް އަށް ލީޑު ލިބިފައިވަނީ 34 ވަނަ މިނެޓުގައި ސްވިޑެންގެ ގްރެންކްވިސްޓު އަތުން ބައިކޮޅަށް ވަން ގޯލަކާއެކުގައެވެ.

ފުރަތަމަ ހާފު 0-2 ގެ ލީޑަކާއެކު ޕޯޗުގަލް ނިންމާފައިވާއިރު ސްވިޑެންގެ ފުރަތަމަ ގޯލު ޖަހާފައިވަނީ 57 ވަނަ މިނެޓުގައެވެ. މިގޯލު ކްލެސަން ޖަހާފައިވާއިރު އޭނާ ވަނީ 76 ވަނަ މިނެޓުގައި ދެވަނަ ގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރުވަގުތުގެ މިނެޓުތައް ކުޅެމުންދަނިކޮށް ސްވިޑެން މެޗުން މޮޅުވީ ޕޯޗުގަލްގެ ކެންސެލޯއަތުން ބައިކޮޅަށް ވަން ގޯލަކުން ލިބުނު ލީޑާއެކުގައެވެ.

ރޮނާލްޑޯ ވަނީ ރޭގައި އޭނާ ޖެހި ގޯލާއެކު ޖަރުމަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، މިރޮސްލަވް ކްލޯސާގެ 71 ގޯލާއި އަރާ ހަމަކޮށްފައެވެ.