ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ރަނގަޅަށް ލިޔެކިޔުން ބަހައްޓާ މުއައްސަސާއަކީ މޯލްޑިވްސް ޕޮލިސް ސާވިސްކަމަށް ކަނޑައަޅައި އެވޯޑު ދީފިއެވެ.
މިއަދު ފާހަނގަ ކުރާ ދިވެހި ފުލުހުންގެ 84 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ނޭޝަނަލް އާކައިވްސްގެ ޑީޖީ، މުހައްމަދު ޝާތިރު ވަނީ ފުލުހުންނަށް 'ފުރޭފު' އެވޯޑު އަރުވާފައެވެ.
Enme ragalhah liyekiyun balahatta muassasaa ah Qaumee Arusheefun dhevva 'Fureyfu Award' MPS ai havaalukohdhevvaifi. #84thAnniversaryEvents pic.twitter.com/2AMwhgv0sM
— Maldives Police (@PoliceMv) March 29, 2017
މިހަފްލާގައި ވާހަކަ ދައްކަވަމުން ޝާތިރު ވަނީ ފުލުހުންގެ ލިޔެކިޔުން ބަލަހައްޓާ ނިޒާމަށް ތައުރީފުކޮށް ހުރިހާ ފުލުހުން ކުރާ މަސައްކަތަށް ހިތްވަރުދީފައެވެ.
ފުލުހުންގެ 84ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ވަނީ ހުރިހާ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ފޮނުވާފައެވެ.
އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ރިޔާޒުވެސް ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ ފުލުހުންނަށް ފޮނުވާފައެވެ.