Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ބަނގުރާ ކައްކަނިކޮށް ދެ މީހަކު ހައްޔަރުކޮށްފި

ހިތަދޫން މީގެ ކުރިން އަތުލައިގަތް ބަނގުރާ ފުޅިތަކެއް. ފޮޓޯ/ޕޮލިސް

ބަނގުރާ ކައްކަނިކޮށް މީގެ ކުރިން ވެސް ސ،. ހިތަދޫން ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށް ބަނގުރާ ކައްކަން ތިބި ބަޔަކު ބަނގުރާ ކަމަށް ބެލެވޭ ފުޅިއަކާ އެކު އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ތެރޭގައި ބަނގުރާ ކައްކަނިކޮށް ދެ މީހަކު ހައްޔަރު ކުރީ އީދިގަލި ކުޅި ވަލުތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި ދެ މީހުންގެ އަތުން ބަނގުރާ ކަމަށް ބެލެވޭ ފުޅިއަކާއި ބަނގުރާ ކައްކަން ބޭނުން ކުރާ އެއްޗެހިތަކެއް އަޅާފައި ހުރި 20 ލީޓަރުގެ ފަސް ހަން ވެސް ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.